ކެފޭ މާރާމާރީ: މާރާމާރީ ހިންގީ ކަައްކާ އާއި އިތުރު މީހާކައި ދެމެދު، އެކަކުގެ ހާލު ސީރިއަސް!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭގެ ކެފޭއެއްގެ ތެރޭގައި މާރާމާރީއެއް ހިންގާފައި ވަނީ ކައްކާއާއި ބަދިގޭގައި އަތްގާތްކޮށްދޭން ހުންނަ މީހާއާ ދެމެދު ކަމަށާއި، އެތަނުން އެކަކުގެ ހާލު ސީރިއަސް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ކެފޭގައި ހިންގި މާރާމާރީއެއްގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 12:10 ގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި، މި މާރާމާރީ ހިންގާފައި ވަނީ ކެފޭގެ ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ނޭޕާލް މީހަކާއި، އަތްގާތްކޮށްދޭން މަސައްކަތް ކުރަމުންދާ ބަންގްލަދޭޝް މީހަކާއި ދެމެދުއެވެ.
އަދި ދެ މީހުންނަށްވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާ، ބަންގްލަދޭޝް މީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދީފައުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް