އަބަދުވެސް އަނިޔާވެރިކަމާއި ދެކޮޅު: އަލީ ނިޔާޒު
އަބަދުވެސް އަނިޔާވެރިކަމާއި ދެކޮޅުކަމަށް ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
މެންބަރު އަލީ ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ ސަރުކާރުގައި އެތައް ފުލުހުންނަކަށް އަނިޔާވެރިވެ، ހިފާ ހައްޔަރުކޮށް ޖަލަށް ލައި ބޯ ބާލުވައި ހެދިކަމަށެވެ.
އަދި އެކަންކަން ކުރިިއިރު، އެ ފުލުހުންގެ ހިމާޔަތުގައި ތިބީވެސް އެމްޑީޕީންކަން ނިޔާޒު ފާހަގަކުރިއެެވެ. އަދި އަބަދުވެސް އަނިޔާވެރިކަމާއި ދެކޮޅުކަމަށް ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒު މިހެން ވިދާޅުވިއިރު، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމެންޓުން ހިންގި އޮޕަރޭޝަނެއްގައި މީހަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ހަތް އޮފިސަރަކު ވަނީ ސަސްޕެންޑްކޮށްފައެވެ.
މިކަމާއި ގުޅިގެން ބައެއް ފުލުހުން ދަނީ ސޯޝަލް މީޑިޔާގެ ޕްރޮަފައިލް ފޮޓޯތަކުގައި ވިތް ޑީއީޑީ ޖަަހައި، އެ ސަސްެޕެންޝަނާއި ދެކޮޅަށް އިހުތިޖާޖުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް