ކިނބުލަށް ވީގޮތް ބެލުމަށް އެމްއެންޑީއެފް އެތެރޭގެ ތަހުޤީގެއްކުރަނީ
ކުޑަކުދިންގެ ބަގީޗާގައި ބަންދުކޮށްގެން ގެންގުޅެމުންއައި ކިނބޫ ވީނުވީއެއް ނޭގި ގެއްލިފައިވާ އިރު މި މައްސަލަ ބެލުމަށް އެމްއެންޑީއެފްގެ އެތެރޭގެ ތަހުގީގެއް ކުރާނެކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއްވައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ މިއަދު އެމްްއެންޑީއެފްގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޖެނެރަލް އަމީން ގެއްލިފައިވާ ކިނބުލާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ކިނބޫ ގެއްލުނު އިރު އޭނާ އެމްއެންޑީއެފްގައި އުޅުއްވި ނަމަވެސް ކިނބުލަށް ވީގޮތް އެނގިފައިނުވާކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް ކިނބުލަށް ވީގޮތް ބެލުމަށް އެމްއެންޑީއެފްގެ އެތެރޭގެ ތަހުޤީގެއް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
ކުޑަކުދިންގެ ޕާކުގައި އޮންނަ ކިނބޫ ސިފަިއންގެ ބެލުމުގެ ދަށުން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެހެން ތަނަކަށް ގެންގޮސްފައިވާ ކަމަށް މީގެ ކުރިން އެމްއެންޑީއެފުން ބުނެފައިވެއެވެ. ނަމަވެސް ކިނބޫ އެހެން ތަނަަކަށް ބަދަލުކުރި ސަބަބާއި އަދި ކިނބޫ ބަދަލުކުރީ ކޮންތަނަކަށް ކަމެއް އެމްއެންޑީއެފް އިން ބުނެފައެއް ނުވެ އެވެ.
ކުރީގެ މަޖިލިސް މެންބަރު އަދި މިހާރުގެ ޔޫތް މިނިސްޓަރު މަހްލޫފް މީގެ ކުރިން ވަނީ ކިނބޫ ގެއްލުނު މައްސަލަ މަޖިލީހަށް ވެސް ވައްދަވާފައިއެވެ.
މަހުލޫފް ވަނީ ކިނބޫ މަރާލީތޯ އަދި މަރާލީ ބަޑިޖަހައިގެންތޯ ބެލުމަށް މަހުލޫފް ވަނީ ނިމިދިޔަ މަޖިލިސްއަށް ސުވާލުކުރެއްވުމަށް ހުށަހަޅައިފައެވެ. އަދި ކިނބޫ ވަޅުލީ ކޮންތާކުތޯ އާއި ކިނބޫ މަރާލުމުގެ ކުރިން އެއަށް ކާންނުދީ ގިނަ ދުވަސްތަކެއް ވަންދެން ބޭއްވިތޯވެސް މަހުލޫފް ވަނީ އޭރު ސުވާލު ކުރައްވަން ހުށަަހަޅައިފަ އެވެ.
މީގެއިތުރުން ކިނބުލަށް ޒަހަރު ދިންތޯ އާއި ކިނބޫ މަރާލައިފަވާނަަމަ އެކަން ސިއްރުކުރި ސަބަބު ސާފުކުރުމަށްވެސް މަހުލޫފް ވަނީ ހުށަހަޅައިފަ އެވެ. އަދި ކިނބޫ މަރާލި ސިހުރާއި ގުޅިގެން ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް އޮޅުންފިލުވައިދޭން ވެސް މަހުލޫފް ވަނީ އެދިފަ އެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކުން ދަދިފަހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ ކިނބޫ ވަނީ ބަޑިޖަހައި މަރާލައިފަ އެވެ. އަދި އެ ކިނބޫ މަރާލުމަށްފަހު އުތުރު ތިލަފަޅުގައި ވަޅުލާފައިވާ ކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް