N/A
N/A
ހަބަރު 10 Oct 2019 | 07:42

ރަސޫލާއަށް ފުރައްސާރަކުރުމުން އަސަރުކުރީ މިހެންވެގެންނެވެ

ކީރިތި ގުރުއާން ދޮގުކޮށް ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވާކުން ބޯގަންވިލާ ޝަހިންދާ އިސްމާއީލްއާއި އޭނާގެ ބައިވެރިން ތައްޔާރުކުރި "ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް" އާއިމެދު އަޅުގަނޑުމެންގެ ދިވެހިންގެ ހިތަށް އަސަރުކުރީ ކީއްވެގެން ހެއްޔެވެ. ދިވެހި ރާއްޖޭގެ ދީނީ އިލްމުވެރިންނާ ކުދި ބޮޑު އެންމެހައި މުސްލިމު ދިވެހިން އެކަމާ ދެކޮޅަށް އަޑު އުފުލީ ސަބަބެއް ނެތިއެއް ނޫނެވެ.

މިރިޕޯޓްގައި ކީރިތި ގްރުއާންގައި ބަޔާންކުރައްވާފައިވާ އިސްރާއާއި މިއުރާޖްގެ މުއުޖިޒާތް ގަބޫލުނުކުރާކަމަށް ނުވަތަ ޝައްކު އުފެދޭކަމަށް ބުނުމުން އެބުނެދެނީ މުސްލިމުން ދުވާލަކު ފަސް ފަހަރު ކުރާ ނަމާދަކީ ބިލާހެއްކަމަށެވެ. ބާތިލް އެއްޗެއްކަމަށެވެ. އެއީ ﷲ ތައާލާ ބާވައިލެއްވި އަޅުކަމެއް ނޫންކަމަށެވެ.

ނަމާދަކީ ﷲގެ ހަޟްރަތަށް އެކަލާނގެ އަޅާ އުފުއްލެވުމަށްފަހު، ކިހާ މަތިވެރި އުފުއްލެވުމަކަށްތޯއެވެ، މައްކާގެ މުޝްރިކުންގެ ދުއްތުރާތައް އިންތިހާއަށްގޮސް ހިތްޕުޅަށް ދަތިކަމާއި އެކަނިވެރިކަން އިހްސާސްވެވަޑައިގެންނެވި ހިނދު އެނަބިއްޔާގެ ރައްބުގެ ޙަޟުރަތުން ހިތްޕުޅު ހަމަޖެއްސެވުމަށް ދެއްވުނު ޕާސަނަލް ގިފްޓެއްގެ ގޮތުގައި އަދި މީސްތަކުންނަށް ބޮޑުވެގެންވާ މުއުޖިޒާތެއްގެގޮތުގައި ހިމެނިގެންދިޔަ، އަދި އެކަލާނގެ އެއްވެސް މަޚްލޫގަކަށް ދެއްވާފައިނުވާ މަގާމެއްގައި ނަބިއްޔާއަށް ޖައްލަ ރައްބުލްއައުލާގެ މޫނުފުޅުގެ ފަރުދާތައް ދައްކަވައި ބަސްފުޅު ވަހީކުރައްވައި މިއުއްމަތަށް ދެއްވި ހަދިޔާއެކެވެ. عند سدرة آلمنتهى ، عندها جنة المأوى ، إذ ىغشى السدرة ما ىغشى ، مازاغ البصر وما طغى ، لقد رأى من ءاىت ربه الكبرى ( ނަޖްމު 14- 18 ) މާނައީ: " ސިދްރަތުލް މުންތަހާ ކައިރިންނެވެ. އެތާގެ ކައިރީގައި ޖަންނަތުލް މައުވާ ވެއެވެ. ( އެއީ މުއުމިންތަކުންގެ ފުރާނަތަކުގެ މަރްކަޒެވެ.). ސިދްރަތުލް މުންތަހާ ފޮރުވައިލި ( ފުރިހަމަ) ކަމެއް އައސް ފޮރުވައިލި ހިނދުގައެވެ. އެކަލޭގެފާނުގެ ލޯފުޅު އެކިފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވާފައިވާ ތަން ފަހަނައަޅައިވެސް ނުމެދޭ މެއެވެ. ހަމަ ކަށަވަރުން އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ."

އާދެ އެއީ މިއުރާޖެވެ. މިއުއްމަތަށް ބާވައިލެއްވި ފަސްނަމާދު ބާވައިލެއްވީ މިމަތިވެރި ދަތުރުފުޅުންނެވެ. މިއީ ނަބިއްޔާގެ ދޫފުޅުން ވިދާޅުވެދެއްވާފައިވާ ވާހަކަތަކެއްނޫނެވެ. އިސްރާއާއި މިއުރާޖްގެ ވާހަކައަކީ ސީދާ ﷲ ތައާލާގެ ވަހީގެ ބަސްފުޅުން ކަށަވަރުކޮށްދެއްވާފައިވާ ވާހަކައެކެވެ.

ދެން އޮތީ އިސްރާގެ ދަތުރުފުޅުގެ ވާހަކައެވެ.

ސޫރަތުލް އިސްރާގެ ފުރަތަމަ އާޔަތުގައި އިސްރާގެ ދަތުރުފުޅުގެ ވާހަކަ ﷲ ވަހީކުރެއްވިއެވެ. " އެކަލާނގެ ހުސްތާހިރުވަންތަކަމާއެވެ. އެކަލާނގެއީ އަލް މަސްޖިދުލް ޙަރާމުން އަލް މަސްޖިދުލް އަގްސާއަށް އެކަލާގެ އަޅާ ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާގެ ވަށައިގެން ތިމަންރަސްކަލާގެ ބަރަކާތްލެއްވި ތަނެވެ. އެއީ ތިމަންރަސްކަލާގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެތެރެއިން ބައެއް އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ."

ދެންފަހެ ކީރިތި ރަސޫލާއަށް ލޯބިކުރުމުގައި ތިމާގެ ނަފްސާއި އަބިދަރިންނާ މުދަލަށްވުރެ ލޯބިއިތުރުވާންޖެހޭކަމަށް އިލްމުވެރިންވިދާޅުވާތީ އެއީ އިލާހެއްގެ ދަރަޖަ ދިނުންކަމަށް ހަދައި އަދި އެއީ ހަރުކަށި ހައްދުފަހަނައަޅައިދިއުމަށް މަގުފަހިކޮށްދިނުންކަމަށްބުނާއިރު ނަބިއްޔާގެ ޒިކްރު މަތިވެރިކުރެއްވީ ﷲ ތައާލާ ނޫންތޯއެވެ. އެކަލާނގެ ވަހީކުރެއްވިއެވެ. ورفعنا لك ذكرك : ކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ" ފަހެ ކީރިތި ގުރުއާންގައި އެހެންހުރިހައި ނަބީބޭކަލުންނާއި ރަސޫލު ބޭކަލުންނަށް ނިސްބަތްކުރައްވާއިރު " އޭ ނޫހު، އޭ އީސާ، އޭ މޫސާ އޭ ވަހީކުރައްވާއިރު މިއުއްމަތުގެ ނަބިއްޔާއަށް ﷲ މުޚާތަބުކުރައްވަނީ " އޭ ނަބިއްޔާއޭ " މިފަދައިންނެވެ. ނުވަތަ އެކަލާނގެ ނަންފުޅު ޒިކްރު ކުރުމާއި ވިއްދައިގެން ނަބިއްޔާގެ ނަންފުޅު ޒިކްރުކުރެވޭގޮތަށެވެ. " محمد الرسول الله " ﷲ އާއި އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް އަބަދާއި އަބަދުމެ ސަލަވާތް ލައްވަތެވެ. އެފަދައިން މުއުމިނުން ކަންކުރުމަށް އަމުރުކުރެއްވީ ﷲ ސުބުހާނަހޫ ވަތައާލާއެވެ.

އެއީ ދިވެހި އުމަތަށް ދިން ހަމަލާއެކެވެ!

އިސްރާއާއި މިއުރާޖްއަށް އިންކާރުކޮށް ރެޑިކައިލައިޒޭޝަން ނަމުގައި ޝަހިންދާއާއި އޭނާގެ ބައިވެރިން ތައްޔާރުކޮށް މިގައުމުގެ މަސްދަރުތަކުން އާއްމުކުރި ރިޕޯޓުން ބުނެދެނީ ދިވެހި މުސްލިމް އެންމެހައި ރައްޔިތުންނަކީ ހަމައެކަނި ވަހުމެއްގެ މައްޗަށް އަގީދާ ބިނާކޮށްފައިވާ ބައެއްކަމަށެވެ. މުސްލިމުންގެ ނަބިއްޔާއަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއްކަމެވެ. ސުބްހާނަﷲ އެވެ. އަހަރެމެންގެ ހިތަށް އަސަރުކުރީ އެހެންވެގެންނެވެ. ނުރުހުންފާޅުކުރަނީ އެހެންވެގެންނެވެ. މިއުއްމަތުގެ ފިރްއަނު އަބޫޖަހުލު އިސްރާއާއި މިއުރާޖްގެ ވާހަކަ އަހައި ނަބިއްޔާއަށް ފުރައްސާރަކޮށް ބުނިބަސް މިއަދު އަޅުގަނޑުމެންގެ މިދިވެހި ގައުމުގައި ދިވެއްސެއްކަމަށް ދައުވާކުރާ ބަޔަކު ބުނެގެންނެވެ. ދެރަވެ އިސްޖެހުނީ ނަބިއްޔާގެ ދިފާއުގައި ވާހަކަދައްކަން ޖެހުމުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ދެއްކި އިދިކީލަ މިސާލުންނެވެ. ނަބިއްޔާ ދިފާއުކުރުމުގެ ބަދަލުގައި އެމީހުން އަވަސްވެގަތީ އެމީހުންގެ ސަރުކާރު އެމީހުންގެ ޕާޓީގެ ލީޑަރ ދިފާއުކުރުމަށެވެ. އަދި މިރިޕޯޓް ނެރުނު މީހުން ކުށްވެރިކުރުމުގެ ބަދަލުގައި އަވަސްވެގަތީ އެރިޕޯޓްގައިވާ ކަންތަކާ ދެކޮޅު ހަދާ ބަސްބުނެ ހަދާ މީހުންނަކީ ބަޣާވާތްކުރަން އުޅޭ ބައެއްކަމަށް ދެއްކުމަށެވެ. އެރިޕޯޓްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަންބޮޑުވެވަޑައިގަންނަވާ ކަމަކަށް އޮތީ ނަބިއްޔާގެ ނަންފުޅު ލިޔުނު ބަޔަކު ނަންފުގެ ފަހަތުގައި ސައްލަﷲ އަލައިހި ވަސައްލަމް ނުޖަހައިގެން ކަމަށް ބުނުމުން ފުދުނީތޯއެވެ. އެކަންކުރި މީހުންގެ އަމަލަކީ ލާދީނީ އަމަލެކޭ ބުނީމާ އެހެންވެއްޖިއްޔާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު އެއަށްވުރެވެސް ބޮޑަށް ލާދީނީއޭ ބުނެ ތިޔަދެއްކެވި ވާހަކަތައް އަމިއްލަ ތިލަފަތުން ނިކަން ކިރައިލަ ބަލާށެވެ.

އަސަރު ނުކުރާނީ ކީއްވެގެންތޯއެވެ. ބޯގަންވިލާ ޝަހިންދާ އިސްމާއީލާއި އޭނާގެ ބައިވެރިން ދިވެހި އުއްމަތަށް އެދިނީ ވަރުގަދަ ހަމަލާއެކެވެ. އިސްލާމިކް މިނިސްޓްރީން އިއްޔެ ނޫސްވެރިންނާއި ބައްދަލުކޮށް އެވިދާޅުވީ، ނަސާރާއިން ނުވަވަނަ ހަސަން ރަސްގެފާނު ނަސާރާދީނަށްވައްދުވައިގެން އޭނާ ބޭނުންކޮށްގެން ދިވެހި ރާއްޖޭގައި ކްރިސްޓިއަންދީން ފަތުރަން އުޅުނުގޮތަށް މިފަހަރުވެސް ދިވެހިން ބޭނުންކޮށްގެން މިކަމުގެ އަޑީގައިތިބީ އަދި ފަންޑުކުރީ ބޭރުބައެއްކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...