މި ފަސް އަހަރު ކޯލިޝަން ދެމިއޮންނާނެކަން ޔަގީން: ޝާހިދު
މި ހިނގާ ފަސް އަހަރުގެ ދައުުރުގެ ތެރޭގައި މި ސަރުކާރުގެ ކޯލިޝަން ދެމިއޮންނާނެކަން ޔަގީންކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިޔާގެ ދަ ހިންދޫ ނޫހަށް ދެއްވި ބަސްދީގަތުމެއްގައެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ ކޯލިޝަންގެ ތެރޭގައި ޚިޔާލު ތަފާތުތައް އޮތްކަމަށް އެއްބަސްވެވަޑައިގަންނަވާކަމަށެވެ. ނަމަވެސް މީގެ ކުރިން ހިނގައިދިޔަ ކަންކަން ތަކުރާރުވާނެފަދަ ކަމެއް ނުކުރުމަށް ތަޖުރިބާ ލިބިފައިވާކަމަށް ދެެކެވަޑައިގަންނަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ކޯލިޝަަން ދެމިއޮންނާނެކަން ޔަގީންކަމަށާއި މަޖިލިސް އިންތިޚާބުގެ ތަނަވަސް އަޚުލަބިއްޔަތު އެމްޑީޕީއަށް ދިނަސް، އެއްޕާޓީން ވެރިކަން ކުރުމަކީ ރައީސް ސޯލިހުގެ ވިސްނުންފުޅެއް ނޫންކަމަށެވެ.
އެމަނިކުފާނު އިތުރަށް ވަނީ ރައްޔިތުން ތާއިދުކުރީ ކޯލިޝަން ސަރުކާރަށް ކަމަށާއި، ވަކި ޕާޓީއަކަށް ނޫންކަންވެސް ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް