މަޖިލިސް19 އުވާލަން މޫސާ އަންވަރު ކޯޓަށް
19ވަނަ ރައްޔިތުންގެ މަޖިލީސް އުވާލުމަށް އެދި އާންމު ފަރާތަކުން ސުޕްރީމް ކޯޓަށް ދިއުމަށް ނިންމައިފިއެވެ.
މަޖިލިސް އުވާލުމަށް އެދި ކޯޓަށް ދާނެކަން އިއުލާާންކޮށްފައިވަނީ މަޝްހޫރު ސޯޝަލް މީޑިޔާ އެކްޓިވިސްޓް މޫސާ އަންވަރެވެ.
މޫސާ ކުރި ޓްވީޓެއްގައި އޭނާ ބުނެފައިވަނީ ރާއްޖޭގެ ގާނޫނު އަސާސީއާއި އިސްލާމްދީނުގެ ދިފާއުގައި ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް އުވާލައި، އަަވަސް އިންތިޚާބެއް ބޭއްވުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅަން ނިންމާފައިވާ ކަމަށެވެ.
މިކަމަށް އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަން ފިޔަވައި ހުރިހާ ސިޔާސީ ޕާޓީތަކުން ތާއިދުކުރާނެކަމަށް ދެކޭ ކަމަށްވެސް މޫސާ ވަނީ ބުނެފައެވެ.
އެމްޓީޑީއަށް ނިސްބަތްވާ މޫސާ އަކީ މިވަގުތު އިނގިރޭސި ވިލާތުގައި އުޅެމުންދާ ފަރާތެެކެވެ. އޭނާ ވަނީ މީގެ ކުރިން 2008ވަނަ އަަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސް ނަޝީދުގެ ކެންޑިޑެސީ ބާތިލްކުރަންވެސް ހުށައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް