ގަބޫލުނަމަ ވަގުތީ ޗެއާޕާސަނަކަށް ވާން ބޭނުން: ނަޝީދު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކަށް ވުމަށް ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕްގައި ކުރެއްވި މެސެޖެއްގަ އެވެ. އެ މެސެޖުގައި ނަޝީދު ވިދާޅުވީ ގައުމީ މަޖިލީހުގެ މެންބަރުން ގަބޫލުނަމަ ވަގުތީ ޗެއާޕާާސަނަކަށް ވުމަށް އިއުތިރާޒެެއް ނެތް ކަމަށެވެ.
"ޖީއެމް [ގައުމީ މަޖިލީހުގެ މެންބަރުން] ގަބޫލުނަމަ، ވަގުތީ ޗެއާކަން ކުރުމަށް އަޅުގަނޑުގެ އިއުތިރާޒެއް ނެތް،" ނަޝީދުގެ މެސެޖުގައި ވެ އެވެ.
ނަޝީދު މިހެންވީ އެމްޑީޕީގެ ޗެއާޕަސާން އިންތިހާބު ފަސްކުރަން ފެންނަ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވުމާއި ގުޅިގެން އޭނާގެ އިސްތިއުފާއަށް ގޮވާލާ ނަޝީދުގެ ފެކްޝަނުން ޣަފޫރުގެ އިސްތިއުފާއަށް ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް