N/A
N/A
ހަބަރު 30 Jul 2019 | 08:42

ބޭނުމަކީ ބޭންކް އޮފް މޯލްޑިވްސް ނިކަމެތިކޮށްލުން!

ބޭންކް އޮފް މޯލްޑިވްސްއަށް ދިމާވެގެން މިއުޅެނީ ކީއްހެއްޔެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭންކް އޮފް މޯލްޑިވްސްގެތެރެއަށް ފުލުހުން ވައްދަން ދޫނުކޮށް ގަދައަޅައި މަސައްކަތްޕުޅުކުރައްވާތީ ދަނީ ފެންނަމުންނެވެ.

މިހާރުދިމާވެގެންއުޅެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެމްއެމްޕީއާރްސީގައި ހިނގާފައިވާ ޚިޔާނާތުގައި ވައްކަން ހިންގުމަށް ބޭނުންކުރި އެސްއޯއެފް ކުންފުނީގެ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް ނަގާ ހަދާފައިވާތީ އެކަމުގައި ބޭންކްގެ އިހްމާލެއް އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފެނިވަޑައިގެން އުޅުއްވަނީއެވެ.

އޭސިސީން ހިންގާފައިވާ ތަހްގީގުން އެންމެ ފުރަތަމަ އެމައްސަލަ ފާހަގަކުރެވުނީ ބޭންކް އޮފް މޯލްޑިވްސްއަށް ކަން އެގެއެވެ. އެބޭންކުން އެކަން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހެޅުމުން އެޔުނިޓުން އެކަމުގައި އިހްމާލުވެ އެސްއޯއެފްގެ އެކައުންޓްތައް ނުހިފެހެއްޓޭނެކަން ބޭންކް އޮފް މޯލްޑިވްސްއަށް އެންގުމުން އެމްއެމްޕީއާރްސީގެ ފައިސާ ޖަމާކޮށް ނަގައި ހަދަމުން ގެންގޮސްފައިވަނީއެވެ.

ރާއްޖޭގައި ޚާއްސަކޮށް ސަރުކާރުތަކުން ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ބޮޑެތި މައްސަލަތައް ހުއްޓަސް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ބޭނުންފުޅުވަނީ އެމްއެމްޕީއާރްސީގެ މައްސަލަ އެކަނި ބަލާށެވެ. އެއީ ވެރިކަމަށް ވަޑައިގެންނެވުމަށް ވެވަޑައިގެންނެވި ވައުދަކަށްވާތީއެވެ. ވެރިކަންކުރާ އެމްޑީޕީއަށް އުއްމީދުކުރެވެނީ އެޕާޓީން ކުރިން ސިޔާސީކޮށްގެން އުޅުނު އެސްޓީއޯގެ 800 މިލިޔަން ޑޮލަރުގެ މައްސަލަކަމަށް އަޑުއެރުވި މައްސަލައިން ޔާމީންގެ ގައިގައި އަތްނުލެވުނަސް މިފަހަރު ޖަލަށްލައި ނަޝީދު ތަޖުރިބާކުރި ކަންކަން ޖަލުތެރޭގައި ޔާމީންއަށްވެސް ތަހައްމަލް ކުރަންޖެހޭނެގޮތް ހެދިދާނެކަމަށެވެ.

ރައީސް ސާލިހް ވެރިކަމަށް ވަޑައިގެން އެމްއެމްޕީއާރްސީގެ މައްސަލަބަލަން ރިޔާސީ ކޮމިޝަނެއް އުފައްދަވާފައިވެއެވެ. އޭސީސީގެ ތަހްގީގުގެ އިތުރަށް ފުލުހުން ލައްވައި އަލުން ތަހްގީގުތަކެއް އެބަހިންގަވައެވެ. މިހުރިހައިކަމެއް ހިގަމުންދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ކުއްލިގޮތަކަށް ތަދައްޚުލުވެވަޑައިގަތީއެވެ. ލަފާކުރެވެނީ އޭސީސީގެ ތަހްގީގާއި ފުލުހުން ބޭނުންކޮށްގެން ހިންގާ ތަހްގީގުންވެސް ނަޝީދު ބޭނުންފުޅުވާ މަންޒަރު ފެންނަމުންނުދާތީ ވެދެވަޑައިގެންނެވީކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްއާމެދު މިހްނަގަވަނީ އާ މަސައްކަތްޕުޅެއް ނޫނެވެ. ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ދުވަހުގެތެރޭގައި ޑީއާރްޕީގެ ލީޑަރ އަހުމަދު ތަސްމީނު އަލީގެ ވިޔަފާރި ބަނގްރޫޓްކޮށް ފުނޑާލުމަށްޓަކައި ބޭންކްތެރެއަށް ފުލުހުން ވައްދައި ތަސްމީނުގެ އެކައުންޓްތައް ހާވައި އޭނާގެ އާއިލާއިން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާފައިވާ ލޯންތަކެއް ރައްޔިތުންގެ ކުރިމައްޗަށްނެރެ، ތަސްމީނުގެ އާއިލީ ވިޔަފާރިތަކާއި ދެކޮޅަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ކަންތައްކުރިގޮތުން ތަސްމީނުގެ އާއިލީ ވިޔަފާރި އިނދަޖެހުނެވެ.

މިއަދުވެސް ތަސްމީން އުޅެންޖެހިފައިވަނީ އެއަޑިގަނޑުން އަރައި ނުގަނެވިގެންނެވެ. ބޭންކް އޮފް މޯލްޑިވްސްތެރެއަށް އެގޮތަށް ފުލުހުން ވައްދައި މީހުންގެ އެކައުންޓްތައް ހާވައި ޖާސޫސްކޮށް ހެދުމަކީ ވަރަށް ގިނަ ބަޔެއްގެ ފާޑުކިޔުން ކުރިމަތިވިކަމެކެވެ. އެކަމުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސްއާމެދު މީހުންކުރާ އިތުބާރަށް ފުރަތަމަ ފަހަރަށް ގުޑުން އަރައިގެންދިޔައެވެ. ނަތިޖާއަކަށްވީ އެތައްބަޔަކު އެމީހުންގެ އެކައުންޓްތައް ބޭންކް އޮފް މޯލްޑިވްސްއިން ނަގައި އެހެން ބޭންކްތަކަށް ބަދަލުކުރުމެވެ.

ބޭންކުގެތެރެއަށް އަތްޕުޅު ބޭނުން

އެދުވަސް ތާރީޚްތެރެއަށް ވަނީ ވަދެގެންގޮސްފައެވެ. އަނެއްކާވެސް މުހައްމަދު ނަޝީދެވެ. މިފަހަރު ރައީސުލް ޖުމްހޫރިއްޔާއެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ބޭންކް އޮފް މޯލްޑިވްސްގެތެރެއަށް އަތްޕުޅު ބާނުއްވަން އުޅުއްވަނީއެވެ. އެކަންކުރަނީ ބޭންކިންގެ މުއާމަލާތްތަކާއި ޕްރޮސީޖަރުތަކާއި ދިވެހި ރާއްޖޭގައި ހެދިފައިވާ ބޭންކިންއާއިބެހޭ ގާނޫންތަކުގެ ތަންދޮރު އޮޅުން ނުފިލައި ތިބި އެކަމަކު ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ހޮވާފައިތިބި މެމްބަރުންތަކެއް ލައްވައެވެ.

ކޮމަންޑޫދާއިރާގެ މެމްބަރު ބޭންކް އޮފް މޯލްޑިވްސްއާއިބެހޭގޮތުން ސުވާލުތަކެއް އޮއްސައިލިއިރު ލަދު ނުގަންނާނީ ތަންދޮރު ނުދަންނަ މީހާތާއެވެ. ފުރަތަމަ ރުވާފައި ދޫކޮށްލި ދުނި ގޮސް ޖެހުނީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަން ކުރެއްވި ނީޒާ އިމާދުގެ ގައިގައެވެ. އެދުނި ދޫކޮށްލީ ކުރިން ބޭންކުތެރެއިން ލަނޑު ލިބުނު ތަސްމީނުގެ ކޮއްކޮ ނާޝިޒް އެވެ. ކޮމެޓީގެ މުގައްރިރެވެ.

ގައުމީ ސަލާމަތަށް އުނިކަން ނާންނަނަމަ ހާމަކުރަންޖެހޭނެކަމުގެ އިންޒާރު ބޭންކުގެ ވެރިންނަށް ދެއްވައިގެންނެވެ. ނީޒާއަކީ އެމްއެމްޕީއާރްސީގެ ވައްކަމުގެތެރޭގައި ޝާމިލްވި މީހެއްކަން އެގޭކަށެއްނެތެވެ. އެކަމަކުވެސް މިގޭމްގެތެރޭގައި ދިމާވި ކޮންމެ އެއްޗެއްގެ ދުވަސް ދުއްވާލެވޭނެއެވެ. އެހެންވީމާ ކުށެއްނެތްކަން ސާބިތުކޮށްދޭން ނީޒާއަށް ޖެހުނީ ބަޔާނެއް ނެރޭށެވެ. ނަޝީދުގެ ޓާގެޓަކީ ކޮންމެހެން ނީޒާއެއް ނޫނެވެ. މަޖިލިސް ކޮމެޓީގައި ތިބި ތަންދޮރު ނުފިލައިތިބި މެމްބަރުން ދެއްކި ކޮންމެ ވާހަކައަކަށް އެމީހުން ބޭނުންވާގޮތަށް ބޭންކުގެ ވެރިން ޖަވާބު ނުދިނުމަކީ އަނެއްކާވެސް ލަދުވެތިކަމަކަށް ވާނެތީ ޑެޕިއުޓީ ސީއޯއާއި ދެން ވާހަކަދެއްކި މީހާ އަމާޒުފަތްގަނޑަކަށް ހެދީއެވެ.

ޑެޕިއުޓީ ސީއީއޯއަށް މިހާރު އޮތީ އެންމެ ގޮތެކެވެ. އިއްޒަތާއި ޝަރަފް ހިފަހައްޓަވަން ބޭނުންފުޅުނަމަ އިސްތިއުފާ ދެއްވުމެވެ. ބޭންކަށް ލާންވީ މީހުން މިހާރު އޮންނާނީ ކަނޑައަޅައި ނިންމާފައެވެ. މަޖިލިސްގެ ރައީސް އެކުރައްވަނީ އެސިޔާސީ މަސައްކަތްޕުޅެވެ. އެމްއެމްއޭގެ ގަވަރުނަރަށް ޖެހުނީ އެދަތުރެވެ. އެހެންނޫނީ ނަޝީދު ބޭނުންފުޅުވާހައި ކަމެއް ބޭންކުތެރެއިން ކޮށްދިނުމެވެ. އެހެންނޫނީ މަހައިލެވޭނީ ގޮޅިއަކަށެވެ.

މިހާރު ރައްޔިތުންނަށް އެވިދާޅުވެދެއްވީ ބޭންކު ހިންގަވަން ހުންނެވީ ދޮގުހަދާ ބޭފުޅެއްކަމެވެ. ދެން އޮތީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާންތައް ނަގަންފެށުމެވެ. އެބަޔާންތައް ނިމޭއިރު އެމްއެމްޕީއާރްސީގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދޮގު ހެދިކަން ސާބިތުކޮށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން މަގާމުން ވަކިކުރަން ރައީސް ސާލިހަށް އަންގައި ރައީސަށް ޖެހިވަޑައިގަންނަވާނީ އެއެންގިގޮތަކަށް ކަންތައްކުރުމެވެ. ކަންކަން ހިގަމުންދާގޮތް ފެންނަމުންދާގޮތުން ރައީސް ސާލިހަށް އާދޭހޭ ބުނުން ނޫންގޮތެއް ނެތްކަން ސަރުކާރުން މިކަމުގައި ހިމޭނުން އޮންނާތީ އެގިކަށަވަރުވެއެވެ. މިއީ ރާވައިގެން ހިންގާ ޑާޓީ ޕޮލިޓިކްސްއެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...