ފައިނު ފުޓްސަލް ދަނޑުގެ މަސައްކަތް ނިމިއްޖެ
ރ.ފައިނުގައި އަަޅަމުންދިޔަ ފުޓްސަލް ދަނޑުގެ މަސައްކަތް ނިމިއްޖެއެވެ.
މިކަންވަނީ ފައިނު ހިމެނޭ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ހާމަކުރައްވާފައެވެ.
އެބޭފުޅާ ވިދާޅުވީ ކުޑަ އާބާދީއެއް އަދި ބޮޑު އާބާދީއެއް ތަފާތުކުރުމެެއް ނެތި ޒުވާނުންގެ ކުރިއެރުމަށާއި ކުޅިވަރުގެ ދާއިރާ ތަރައްޤީކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ރ.ފައިނު ފުޓްސަލް ދަނޑު ހައްދަވައި ދެއްވީތީ މި ސަރުކާރަށް ފަށްފަށުން ޝުކުރު ދަންނަވާކަމަށެވެ.
މި ދަނޑުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާއިރު، ކައިރި މުސްތަގްބަލެއްގައި މި ފުޓްސަލް ދަނޑު ހުޅުވުމަށް ވަނީ ނިންމާާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް