ފާރިސް އަކީ ބޮޑު ރައުސުލްމާލެއް: ނަހުލާ
ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނަކީ، "ބޮޑު ރައުސްމާލެއް" ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނަހުލާ މިހެން ވިދާޅުވެފައި ވަނީ، މިހާރު މައްޗަންގޮޅީ އުތުރު ދާއިރާއަށް ވާދަކުރައްވަމުން ގެންދަވާ ފާރިސްގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެެވެ. މާލޭގެ އިސްކަންދަރު ސްކޫލްގައި ބޭއްވި ޖަލްސާގައި ނަހުލާ ވިދާޅުވި ގޮތުގައި މައްޗަންގޮޅީ އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލް އެއް ކެންޑިޑޭޓަކީ ފާރިސް ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުގައި ފާރިސް ކޮޮށްދެއްވަވާ މަސައްކަތްތަކާއި މެދު އުފާ ކުރައްވާ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
"(މައްޗަންގޯޅި އުތުރު)ދާއިރާގެ ރައްޔިތުން މި ދާއިރާގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި ލިބޭނެ ބޮޑު ރައުސުލްމާލެއް ކަމަށް އަޅުގަނޑު ގަބޫލް ކުރަނީ ފާރިސް އެއީ'' ނަހުލާ ވިދާޅުވިއެވެ.
ފާރިސްއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނަހުލާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެތައް އަނިޔާތަކެއް ލިބުނު ނަމަވެސް ހިތްވަރާ އެކު އަބަދުވެސް ފާރިސް ހުންނެވިކަން ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް