އައްޑޫގައި ގުޅިފައިވާ ރަށްތަކުން ހަތް ގަޑިއިރަށް ކަރަންޓް ކަނޑާލަނީ
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން އަންނަ ހޮނިހިރު ދުވަހު ހަތް ގަޑިއިރަށް ކަރަންޓް ކަނޑާލާން ފެނަކައިން ނިންމައިފިއެވެ.
އެކުންފުނިން ބުނީ ސެޕްޓެމްބަރު 14ވީ ދުވަހުގެ ހެނދުނު 9 އިން ހަވީރު 4 އަށް ކަރަންޓް ކަނޑާލަނީ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ބޭނުން ކުރަމުން އަންނަ ކޭބަލް ނެޓްވޯކްގެ މަރާމާތަކަށެވެ.
އަދި މި މަސައްކަތް އަވަހަށް ނިންމާލެވިއްޖެނަމަ ހަވީރު ހަތަރެއް ޖެހުމުގެ ކުރިން ކަރަންޓް ދެވިދާނެކަމަށް ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އާދިއްތަ ދުވަހު އައްޑޫގެ ކަރަންޓް ވިއުގައަށް މައްސަލައެއް ޖެހި، ގުޅިފައިވާ ރަށްތަކުން ވަނީ އަށް ގަޑިއިރަށް ކަރަންޓް ކެނޑިފައެވެ. މީގެ ސަބަބުން އާންމުންނަށް ވަނީ ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް