ފައިސާގެ ނުފޫޒުގައި ނުޖެހި ދާއިމީ މަންފާއަށްޓަކައި އެމްޑީޕީއަށް ވޯޓު ދެއްވާ: ރައީސް
ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ދެމެދު އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ފައިސާގެ ނުފޫޒު އޮންނާނެ ކަމަށާއި އެހެން ނަމަވެސް އެ ނުފޫޒުގައި ޖެހި ވަގުތީ ނަފައަކަށްޓަކައި ނުޖެހި ދާއިމީ މަންފާއަކަށްޓަކައި އެމްޑީޕީއަށް ވޯޓް ދެއްވުމަށްވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް އެދިވަޑައިގެންފިއެވެ.
ރައީސް ސޯލިޙް މިގޮތަށް އެދިވަޑައިގެންނެވީ މިއަދު ހޯރަފުށީ ދާއިރާގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްޑީޕީގެ ޓިކެޓުގައި ހޯރަފުށި ދާއިރާއަށް ވާދަކުރައްވާ އަހުމަދު ސަލީމް ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިޙް ވިދާޅުވި ގޮތުގައި އެމަނިކުފާނު ފާއިތުވި ރިޔާސީ އިންތިހާބަށްޓަކައި އެކުލަވާލި މެނިފެސްޓޯގައި ހިމެނޭ ވައުދުތަކަކީ ހިޔާލީ ފޮލާތަކަކެއްގެ މައްޗަށް ލިޔެފައި ދޫކޮށްލަން ނިންމި ކަންތަކެއް ނޫން ކަމަށެވެ.
އަދި އެ ވައުދުތައް އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހޯރަފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިޙް ވަނީ ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތު މިފަހަރު ސަރުކާރަށް މުހިއްމުވާ ސަބަބުވެސް ވިދާޅުވެފައެވެ.
އެގޮތުން ރައީސް ވިދާޅުވި ގޮތުގައި މަޖިލިސް މެޖޯރިޓީ މުހިންމުވާ ސަބަބަކީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދެން އަންނަނީ މަޖިލީހުގެ ތެރެއިން ފާސް ކުރެވޭ ގާނޫނުތަކަކާއި އެކުގައި ކަމަށްވާތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް