ދެ މިލިޔަނަށްވުރެ ގިނަ މީހުން ހައްޖުގެ އަޅުކަން ފަށައިފި
ދެ މިލިޔަނަށްވުރެ ގިނަ ފަރާތްތަކާއިއެކު ހައްޖުގެ މަތިވެރި އަޅުކަން ފަށައިފިއެވެ.
ހައްޖަކީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ފަސްވަނަ ރުކުނެވެ. މިއީ ކެރިކުޅަދާނަ ވެގެންވާ ކޮންމެ މީހަކު ހަޔާތުގެ އެއްފަހަރު ނަމަވެސް ކުރަންޖެހޭނެކަމެކެވެ.
ސައުދީ އަރަބިއްޔާގެ ސަލާމަތީ ބާރުތަކުން ވަނީ ހުރިހާ ހައްޖާޖީންނަށް ޚިދުމަތްތައް ފޯރުކޮށްދޭން ތައްޔާރުވެފައިވާކަމަށް ބުނެފައެވެ.
އެގައުމުގެ ހައްޖު މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި 1.8މިލިޔަން ހައްޖާޖީންނަށް އޮންލައިންކޮށް ވިސާ ދޫކުރިކަމަށް ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް