އިސްލާމީ މަރުކަޒުގެ ވަގުތީ މުއައްޒިން ޝިފާއު މަޖިލީހަށް ކުރިމަތިލަނީ
އިސްލާމީ މަރުކަޒުގެ ވަގުތީ މުއައްޒިންކަމުގެ މަގާމުގައި ހުރި މޫސާ ޝިފާއު، މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ނިންމައިފިއެވެ.
ޝިފާއު މިކަން އިއުލާންކޮށްފައިވަނީ ޓްވިޓަރ މެދުވެެރިކޮށެވެ.
ޝިފާއު ބުނީ އިރާދަކުރެއްވިއްޔާ ހެންވޭރު ދެކުނު ދާއިރާއަށް ކުރިމަތިލުމަށް ގަސްދުކުރާ ކަމަށާއި، ސަޕޯޓަރުންގެ ޚިޔާލަށް އެދޭ ކަމަށެވެ.

މީގެ ކުރިން ޓްރިއޯ ބޭންޑްގައި ހަރަކާތްތެރިވި ޝިފާއު ވަނީ މިއުޒިކާއި ދުރުވެ، އިސްލާމީ ޖަމްއިއްޔާތަކުގައި ހަަރަކާތްތެރިވެފައެވެ. އަދި ޝިފާއު އަކީ އިޖްތިމާއީ ހަރަކާތްތަކުގައިވެސް އިސްކޮށް އުޅޭ ފަރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް