އަނެއްކާވެސް މަސާޖު ޕާލަރުތަކަކުން ތިން ބިދޭސީން ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އިއްޔެވެސް، މާލޭގައި ހިންގަމުންދިޔަ މަސާޖު ޕާލަރުތަކަކުން 3 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށް އެ އިދާރާއިން ބުނެފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައިފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ ވަނީ މާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖު ޕާލަރެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އަދި އެ މަސައްކަތުގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިއަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ، މި ހަތަރު ތަނުގައި ހިންގަމުންދިއަ ވިޔަފާރި ވަގުތުން ހުއްޓުވުމުގެ ފިޔަވަޅުތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން އަޅާފައިވާކަމަށެވެ.
މިމަހު 10 ވަނަ ދުވަހުވެސް އިމިގްރޭޝަނުން ވަނީ 4 މަސާޖުޕާލަރެއް ބަލައިފާސްކޮށް 4 ބިދޭސީން ހައްޔަރު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް