ރައީސް އޮފީހުގެ މަގާމަކަށް މަބްރޫކު އައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މަގާމަަކަށް އެމްޑީޕީގެ މެންބަރު އަދި މަޝްހޫރު ޒުވާން ވިޔަފާާރިވެރިޔާާ މަބްރޫކު އަޒީޒް އައްޔަންކޮށްފިއެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގައި މަބްރޫކު އައްޔަންކޮށްފައިވަނީ އެ އޮފީހުގެ ކޮމިޔުނިކޭޝަންސް އަންޑާސެކްރެޓަރީގެ މަގާމަށެވެ.
މަބްރޫކު ވަނީ ނިމިދިޔަ މަޖިލިސް އިންތިޚާބުގައި އެމްޑީީޕީގެ ޓިކެޓެއްގައި ވާދަކުރައްވާ، ހަނި ތަފާތަކުން ނާކާމިޔާބު ވެވަޑައިގެންފައެވެ.
ފެލިދޫ ދާއިރާގެ އިންތިހާބު މަބްރޫކް އަށް ނާކާމިޔާބުވީ އެންމެ 54 ވޯޓުގެ ތަފާތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް