ނިހާން އިޔާޒަށް: ތިޔަ ގެނައި ވެެރިކަމާ ލަހެއް ނުވެ ހިތާމަކުރާނެ
މިވެރިކަން ގެނެވުނީީތީ ލަހެއްނުވެ ހިތާމަކުރައްވަން ޖެހިވަޑައިގަންނަވާނެކަމަށް ވިދާޅުވެ، ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކް ޑރ.އިޔާޒަށް އިންޒާރުދެއްވައިފިއެވެ.
ނިހާން މި މޭރުމުން ވާހަކަފުޅު ދެއްކެވީ ޑރ.އިޔާޒްއާއި އެބޭފުޅާއާއި މެދު ޓްވިޓަރގައި ކުރިއަށްދިޔަ ހޫނު ބަހުގެ ހަަމަލާ ބަދަލުކުރުމުގެ ތެރެއިންނެވެ.
ޑރ.އިޔާޒް ވިދާޅުވީ ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކުރަންޖެހޭނެކަމަށާއި، ނިހާން ހޭވުނު ހަޑިތަކަށް ތައުބާވެ، ގައުމުގެ ކުރިމަގު އުޖާލާކުރުމަށް މަސައްކަތް ކުރައްވަން ޖެހޭނެކަމަށެވެ.
މި ކަމަށް ޖަވާބުދެއްވަމުން މެންބަރު ނިހާން ވިދާޅުވީ ތައުބާވާން ޖެހޭ ފަރާތަކީ ކޮބައިކަން ޑރ.އިޔާޒަށް އެނގިވަޑައިނުގަންނަވާނެކަމަށާއި މިއީ ވަހީ ބާވައިލައްވާ ޒަމާނެއް ނޫންކަމަށެވެ. އަދި މާބޮޑަށް ކަންކަން އެނގޭ މީހަކަށް ހެދިގެން ނޫޅުމަށް ޑރ.އިޔާޒަށް ނިހާން ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުުރުން ނިހާން ވަނީ ޑރ.އިޔާޒަކީ ދެއުޅިއެއް ނުވާ ސިޔާސީ ސޭކެއްކަމަށާއި ލަހެއްނުވެ ގެނެވުނު ވެރިކަމާއި މެދު ޑރ.އިޔާޒް ހިތާމަކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް