މީގެފަހުން މަސްވެރިކަން ކުރަންވެސް ހުއްދަ ނަގަން ޖެހޭނެ!
ރާއްޖޭގެ ކަނޑުގެ ސަރަަހައްދުގައި އެއްވެސް ބާވަތެއްގެ މަސްވެރިކަން ކުރާނަމަ، ފިޝަރީޒް މިނިސްޓްރީގެ ހުއްދައެއް ހޯދަން ޖެހޭގޮތަށް މަސްވެރިކަމާއި ބެހޭ ބިލެއް މަޖިލީހަށް ހުށައަޅައިފިއެވެ.
އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ހުށައެޅުއްްވި މި ބިލްގައިވާ ގޮތުގައި، އެއްވެސް ކަހަލަ މަސްވެރިކަމެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކުރެވޭނީ ފިޝަރީޒް މިނިސްޓްރީގެ ޚާއްސަ ހުއްދައެއް ނަގައިގެންނެވެ.
އެގޮތުން ކުޅިވަރުގެ ބޭނުމަށް ނުވަތަ އެހެންވެސް ބޭނުމަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން މަސްރޭސް ފަދަ މުބާރާތްތައް ބާއްވާނަމަވެސް ހުއްދަ ނަގަން ޖެހޭ ކަމަށް މި ބިލްގައި ވަނީ ބުނެފައެވެ.
އަދި ހުއްދައާއި އެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ ފަރާތްތަކަށްވެސް މަސްވެރިކަން ކުރެވިދާނެކަމަށް މި ބިލްގައި ފާހަގަކޮށްފައިވެއެވެ.
މި ބިލްގައިވާގޮތުގައި މަސްވެރިކަން ކުރާ އޮޑިފަހަރުތަކުންވެސް ޚާއްސަ ލައިސަންސެއް ނަގަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް