ޓަގުބޯޓަކާއި ލޯންޗެއްޖެހި، ލޯންޗު ކައްޕިއަށް އަނިޔާވެއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އެމްޕީއެލް ޖެޓީއަށް ވަންނަން އައި ޓަގްބޯޓަކާއި ލޯންޗެއްޖެހި، ލޯންޗް ދުއްވަން އިން ކައްޕިއަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު އަސުރުފަހު ގާތްގަނޑަކަށް 15:30 ހާއިރުކަމަށެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ލޯންޗު ދުއްވަން އިން ކައްޕިއަށެވެ. އެކްސިޑެންޓްވި ލޯންޗަކީ އދ.އަތޮޅަށް ދިއުމަށް ދަތުރުކުރި "މައި އެކްސްޕްރެސް" ފްލީޓުގެ ލޯންޗެކެވެ.
އެކްސިޑެންޓްގައި އެހެން މީހަކަށް އަނިޔާލިބުނުކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އެކްސިޑެންޓްގެ ސަބަބުން ލޯންޗްގެ އެއްފަރާތު ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފައެވެ. އަދި ޓަގްބޯޓުގައި ޖެހުނު ފަރާތު ލޯންޗުގެ ފަށްގަނޑުން މަތި ފަޅައިގެންވެސް ގޮސްފައިވާކަމަށް ފޮޓޯތަކުން ފެނެއެެވ.
މިހާދިސާ ހިނގަން ދިމާވި ސަބަބު އަދި ސާފެއް ނުވެއެވެ. ފުލުހުން ދަނީ މި މައްސަލަ ތަހްގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް