މަޑިވަރު ފިނޮޅު ކައިރިން މަރުވެފައި އޮތް ފަތުރުވެރިއަކު ފެނިއްޖެ
އއ.މަޑިވަރު ފިނޮޅު ކައިރިން މަރުވެފައި އޮތް ފަތުރުވެރިއަކު ފެނިއްޖެއެވެ.
އެ ފިނޮޅުގެ މޫދު ކައިރިން މަރުވެފައި އޮއްވާ ފެނުނީ ޗައިނާާއަށް ނިސްބަތްވާ 70އަހަރުގެ މީހެކެވެ.
ފުލުހުން މައުލޫމާތުދޭގޮތުގައި އެމީހާ ފެނިގެން 14:34 ހާއިރު ވަނީ ރިޕޯޓު ކޮށްފައެެވެ. އެމީހާ އއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށާއި މިހާރު އެމީހާގެ ހަށިގަނޑު މާލެ ގެންދިޔުމަށް މަސައްކަތް ކުރާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އެ ޗައިނާ މީހާއަކީ އއ. ތޮއްޑޫ ސަމަރ އިން ގެސްޓް ހައުސްއަށް ޗުއްޓީ ހޭދަކޮށްލުމަށް އައިސް އުޅުނު މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް