ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ އެވެ.
އެކްސިޑެންޓްވީ ދެ ސައިކަލު ޖެހިގެންނެވެ. އެކްސިޑެންޓްގައި ތިން މީހަކަށް ވަނީ ވަރަށް އަނިޔާވެފަ އެވެ. އެއީ އަންހެނަކާއި ދެ ފިިރިހެނުންނަށެވެ.
މަގުމަތީ ގިނަ އަދަދަކަށް ލޭ ހުރިއިރު އަނިޔާވި އަންހެން މީހާގެ ގައިން ގިނަ އަދަދަކަށް ލޭ ފައިބާގައި ވެ އެވެ. އަނެއް ދެ ފިރިހެނުންނަށް ވެސް ވަރަށް ބޮޑަށް އަނިޔާވި އެވެ.
އެކްސިޑެންޓާއި ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް