ޗެލްސީން ދެވަނަ ފަހަރަށް ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފި
ޔޫރޮޕާ ލީގު ދެވަނަ ފަހަރަށް ޗެލްސީން ކާމިޔާބުކޮށްފިއެވެ.
މިރޭ އަޒަރުބައިޖާންގެ ބަކޫގައި ކުޅުނު ފައިނަލް މެޗުގައި 1-4 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެފައިވަނީ ވާދަވެރި އާސެނަލް ބަލިކުރުމަށްފަހުއެވެ.
މެޗުގެ ފުރަތަމަ ގޯލް ޖަހާފައިވަނީ މެޗުގެ 49 ވަނަ މިނެޓުގައި ޗެލްސީގެ އޮލީވިއާއެވެ. މެޗުގެ ދެވަނަ ލަނޑު ޖަހާފައިވަނީ 60 ވަނަ މިނެޓުގައި ޕެޑްރޯއެވެ. އެއާއެކު އާސެނަލްގެ ފުރަތަމަ ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި އެލެކްސް ކާމިޔާބުކޮށްދިނެވެ. ޗެލްސީ ގެ ފަހު ދެ ލަނޑުވެސް ޖަހައިދީފައިވަނީ ހަޒާޑްއެވެ.
ތަފްސީލު އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް