ހުޅުމާލެ ބޭރުގައި އޮތް ސަފާރީއެއްގައި ރޯވެ އަނދަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހުޅުމާލެ ފަޅުތެރޭ އޮތް ސަފާރީއެއްގައި ރޯވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ސަފާރީގައި ވަނީ ވަރަށްބޮޑަށް އަލިފާން ރޯވެފައެވެ. އެމްއެންޑީއެފުންވެސް ވަނީ ސަފާރީއެއްގައި ރޯވިކަން ޔަގީންކޮށްދީފައެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެމްއެންޑީއެފުން ބުނީ ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭ އޮތް "އެމްޕެރަރ އެކްސްޕްލޯރަރ" ސަފާރީގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްރެރިވަމުންދާކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާގައި ދުމުގެ އަސަރުކުރުމާ ގުޅިގެން، ސަފާރީގެ ދެ ފަޅުވެރިއަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް