ރައީސް ޑރ.މުއިއްޒު، މާއެނބޫދޫ ހެލްތް ސެންޓަރަށް އަލަށް އިތުރުކުރި ބައި ހުޅުވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދ. އަތޮޅު މާއެނބޫދޫ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރިބައިގެ އިމާރާތް ހުޅުވައިދެއްވައިފިއެވެ.
ރައީސް މިއަދު މި އިމާރާތް ހުޅުވާދެއްވާފައިވަނީ ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި މިއަދު މާއެނބޫދޫއަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މާއެނބޫދޫ ސިއްހީ މަރުކަޒު ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން އެ މަރުކަަޒުގެ އަލަށް އިތުރުކުރި ބައިގައި، ޕަބްލިކް ހެލްތު ޔުނިޓަކާއި އޮފީސްތަކާއި ގަރާޖަކާއި ލޯންޑްރީ ތަންތަނާއި މެޑިކަލް އަދި ނޮން މެޑިކަލް ސްޓޯރޭޖް އޭރިއާތަކާއި ކޮންފަރެންސް ހޯލެއް ގާއިމްކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި މަޝްރޫއުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް ސިއްހީ ހިދުމަތް އިތުރުވެ، ރަނގަޅު ވަސީލަތްތައް ފޯރުކޮށްދީ، ހިދުމަތްދޭ ގަޑިތައް އިތުރުވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް