އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކަށް ފަޔާޒު އައްޔަނުކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކަށް ފަޔާޒު މަންސޫރު ހަމަޖައްސައިފިއެވެ.
މިއީ މި ސަރުކާރުން އެޗްޑީސީއަށް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކު އައްޔަނުކުރި ފުރަތަމަ ފަހަރެވެ. އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ފަޒުލް ރަޝީދު ހުންނެވިއިރު، އެމަގާމު އޮތީ ހުސްކޮށެވެ.
އެޗްޑީސީއަށް ފަޔާޒް އައްޔަނުކޮށްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހުއެވެ. އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކަށް އައްޔަނުކުރި ފަޔާޒަކީ މީގެ ކުރިން ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން އެކުންފުނީގައި މަސައްކަތް ކުރި ބޭފުޅެކެވެ. ފަޔާޒް ވަނީ ކުއަންޓިޓި ސާވޭއިން ޑިގްރީ ހައްދަވާފައެވެ. އަދި ފަހުން އޭނާ ވަނީ ބިލްޑިން ސައިންސުން މސްޓާސް ހައްދަވާފައެވެ.
ފަޔާޒް މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު އޮފީހަށް ނިކުންނެވީ މިއަދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް