ހަނގުރާމައަށް މީހުން ފޮނުވާކަމަށްބުނެ މީހަކު ހައްޔަރުކޮށްފި
ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް މީހުން ފޮނުވާކަމަށްބުނެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި މިކަމާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ފިރިހެނެކެވެ.
ފުުލުހުން ބުނީ އެ މީހާއަކީ ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް ދިވެހިން ފޮނުވުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތު ކުރެވޭ މީހެއްކަމަށެވެ.
އަދި އޭނާއަކީ ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމުގެ މަސައްކަތްކުރާ ފަރާތެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ކޮން ތަަނަކުންކަމެއް ސާފުވާގޮތް ވަނީ ނުވެފައެވެ. ނަމަވެސް މާލޭގެ ޗާންދަނީ މަގުގައި ހުންނަ ވެސްޓާން ޔޫނިއަން ޖެހިގެން އިން ގޯޅިގަނޑުގައި ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
-ތަފްސީލް އަންނަނީ-
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް