ޣައްޒާގެ ކުޑަކުދީންގެ ކާބޯތަކެއްޗަށް ޒަކާތު ފައިސާއިން ފަސްލައްކަ ހަދިޔާ ކުރަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ޣައްޒާގެ ކުޑަކުދީންގެ ކާބޯތަކެއްޗަށް ޒަކާތު ފައިސާއިން ފަސްލައްކަ ރުފިޔާ ހަދިޔާ ކުރަން ނިންމައިފި އެވެ.
އެކަން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިރޭ ވަނީ އިއުލާނު ކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ޒަކާތު ފައިސާ އިން ބައެއް ޣައްޒާގެ ކުޑަކުދީންގެ ކާބޯތަކެއްޗަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން ފަސް ލައްކަ ރުފިޔާ ހަދިޔާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ފަސް ލައްކަ ރުފިޔާ ފަލަޞްޠީނުގެ ޣައްޒާގެ ކުޑަކުދިންގެ ކާބޯ ތަކެއްޗަށް އިންޝާ ﷲ ހަދިޔާކުރަންވަނީ ނިންމާފައި
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދޭ އެއް ގައުމަކީ ރާއްޖެ އެވެ. ފަލަސްތީނުގެ ހައްގުގައި އެންމެ ގަދަ އަޑަކީ ވެސް ދިވެހީންގެ އަޑެވެ.
މީގެ ކުރީން ވެސް ދިވެހީންގެ ނަމުގައި ފަލަސްތީނުގެ ރައްޔިތުންނަށް ފައިސާއާ ތަކެތި ހަދިޔާ ކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް