ފުލުހުންގެ އިސްވެރިންނާއި ރައީސް ބައްދަލުކުރައްވައިފި
މޯލްޑިވްސް ޕޮލިސް ސާރވިސްގެ އިސްވެރިންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ އިސްކަންދަރު ކޮށީގައެވެ.
މި ބައްދަލުވުމުގެ ތަފްސީލެއް، ފުލުހުންގެ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ. މި ބައްދަލުވުމުގައި ރައީސް ސޯލިހުގެ އަރިހުގައި ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމްކުރަން ޖެހޭނެކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް