މައިޒާން އަލިމަނިކުގެ އަނބިކަނބަލުން ނިޔާވުމުން ރައީސްގެ ތަޢުޒިޔާ
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ޙާސިލްކުރެއްވި މައިޒާން އަލި މަނިކު (މައިޒާން އަލިބެ)ގެ އަނބިކަނބަލުން ޢާއިޝަތު ޒަމީލް ނިޔާވުުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މާލޭގެ ކުރީގެ މޭޔަރުކަން ވެސް ކުރެއްވި މައިޒާން އަލިބެގެ އަނބިކަނބަލުން ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައެވެ.
އެގޮތުން ރައީސް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޢާއިޝަތު ޒަމީލް ނިޔާވުމުގެ ހިތާމައިގާ އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
އަދި ރްޙޫމާ ޢާއިޝަތު ޒަމީލަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި އަބަދުމެ ލެހެއްޓެވުމަށް އެދި ރައީސް ވަނީ ދުޢާކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް