ހއ އިން ތ އަށް ކަނޑުތައް ވަރަށް ގަދަ، ދަތުރު ނުކުރަން އެދިއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހއ އިން ތ އަތޮޅަށް ކަނޑުތައް ވަރަށް ގަދަ ވާނެ ކަމަށް ލަފާކޮށް ދަތުރު ކުރުމުގައި ސަމާލުވާން މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކޮށްފި އެވެ.
މެޓް އޮފީހުން ބުނީ މި އަތޮޅުތަކަށް އެލާޓް ނެރެފައިވާ ކަމަށެވެ. ނެރެފައިވަނީ ހުދު ވައިޓް އެލާޓެވެ.
މޫސުމާއި ބެހޭ އިދާރާ އިން ބުނި ގޮތުގައި އެލާޓް ނެރެފައި ވަނީ މިރޭ މެންދަމު 1:30އާ ހަމައަށެވެ. މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މީގެ އިތުރުން ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
މިއީ ރާއްޖެއަށް ވަރަށް ވިއްސާރަ, ކަނޑުތައް ގަދަ ދުވަސްވަރެކެވެ. މިހާރު ކުރަމުން ދަނީ ހުޅަނގު މޫސުގެ ގަދަ ވިއްސާރަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް