ޝަހީދުގެ ބަހުގެ ހަމަލާ ރައީސް ޞާލިހްއަށް: ހުމާމް ދޫކޮށްލަން ދިން ލަފާގެ މައްޗަށް ސުވާލުއުފައްދާނެ ޖާގައެއް ނެތް
2013ވަނަ އަަހަރުގެ ތެރޭގައި މަޝްހޫރު ދީނީ އިލްމުވެރިޔާ އަފްރާޝީމް އަލީ އަވަހާރަކޮށްލިކަމުގެ ކުށް ސާބިތުވެ މަރަން ހުކުމްކޮށްފައިވާ ހ.ލޮބީ، ހުސައިން ހުމާމް ދޫކޮށްލުމަށް އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމެޓީން ދިން ލަފާގެ މައްޗަށް ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ސަރުކާރަށް ނެތްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީދު މިހެން ވިދާޅުވީ ހުމާމް ދޫކޮށްލުމަށް އެއްވެސް ރަސްމީ ސިފައެއްގައި ސަރުކާރަށް އަންގާފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އެބޭފުޅާ ވިދާޅުވީ ސަރުކާރަށް ހުމާމް ދޫކޮށްލުމަށް އަންގާފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވާނަމަ، އެމަނިކުފާނު ދަނީ އެނގިވަޑައިގެން ހުންނަވާ މަރުގެ ހުކުމް އިއްވާފައިވާ ފަރާތެއްގެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުން ކަމަށެވެ.
އަދި އދ.ގެ ހިއުމަން ރައިޓްސް ކޮމެޓީގެ ނިންމުން މި ސަރުކާރަށް ފުރިހަމައަށް އެނގޭނަކަމަށާއި، އެކަމާއި މެދު ސުވާލު އުފެއްދުމުގެ އެއްވެސް ޖާގައެއް ނެތްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް