1200 އަހަރުވީ މިސްކިތެއް އިޒްރޭލުން ހޯދައިފި
1200އަށްވުރެ ގިނަ އަހަރުވީ މިސްކިތެއް އިސްރާއީލުން ހޯދައިފިއެވެ.
ހަތްވަނަ ގަރުނު ނުވަތަ އަށްވަނަ ގަރުނަށް ނިސްބަތްވާ މި މިސްކިތް ފެނުނީ އެގައުމުގެ ބަދަވީ ޝަހަރެއްކަމުގައިވާ ރާހަތުންނެވެ.
އިޒްރޭލުގެ ކަމާއިބެހޭ ފަރާތްތަކާއި ހަވާލާދީ ބީބީސީން ރިޕޯޓްކުރާ ގޮތުގައި މިއީ އެ ދުވަސްވަރުގެ މިސްކިތެއް އެ ސަރަހައްދުން ފެނުނު ފުރަތަމަ ފަހަރުކަމަށެވެ. ހަތްވަނަ ގަރުނު ނުވަތަ އަށްވަނަ ގަރުނުގެ މިސްކިތްތައް މައްކާއާއި ގުދުސްގައިވެސް އެބަހުއްޓެވެ.
މި މިސްކިތުގައި ވަކިން މިހުރާާބެއް ހުރިއިރު، މިސްކިތުގެ ގިބްލަ ހުރީ މައްކާއާއި ވީފަޅިއަށްކަމަށް އެގައުމުގެ ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.
ބެލެވޭ ގޮތުގައި މި މިސްކިތުގައި އަޅުކަންކޮށް ހެދީ އެ ސަރަހައްދުގައި އުޅުނު ދަނޑުވެރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް