ގާ އަޅާ މެޝިނެއް ދަށުވެ ބިދޭސީއަކު މަރުވެއްޖެ
ރިސޯޓެއްގެ މަސައްކަތް ކުރަމުން ދަނިކޮށް ގާ އަޅާ މެޝިނެއްގެ ބެލްޓް ދަށުވެ ބިދޭސީއަކު މަރުވެއްޖެއެވެ.
މި ހާދިސާ އިއްޔެ ހިނގާފައިވަނީ ސަން ސިޔާމް ކުންފުނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ނ.ދިގުރަށުގައެވެ.
ފުލުހުން ބުނީ އެ ބިދޭސީ މީޙާ އެއަތޮޅުގެ މަނަދޫ ހޮސްޕިޓަލަށް ގެންދެވުނީ އިއްޔެ އިރުއޮއްސުނުއިރު ކަމަށާއި، ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޮތީ މަރުވެފައިކަމަށެވެ.
މަރުވި 25އަހަރުގެ މީހާއަކީ ސަން ކޮންސްޓްރަކްޝަން ކުންފުނީގެ ލޭބަރާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް