މަޖިލީހުގެ މެންބަރުން އާންމުންގެ ވޯޓުން ވަކިކުރެވޭ އުސޫލެއް ހަދަނީ
ދާއިރާގެ ރައްޔިތުން ޕެޓިޝަނެއްގައި ސޮއިކޮށްފިނަމަ މެންބަރުގެ އިތުބާރުނެތްކަމުގެ ވޯޓެއް ނެގޭނެ އުސޫލެއް ތައާރަފްކުރުމުގެ މަސައްކަތް ފަށައިިފިއެވެ.
މި އުސޫލު ހިމެނޭ ޕެޓިޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މަޖިލިސް އިންތިޚާބުގައި އަމިއްލަގޮތުން ގަލޮޅު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްއުސްތާޛު ހަމްޒާ ޚަލީލެވެ.
ހަމްޒާގެ މި ޕެޓިޝަންގައި ވަނީ މެންބަރުކަމުގެ ދައުރުގެ ތެރޭގައ ކޮންމެ އަހަރެއް ނިމުމުން، އޮޑިޓްކޮށްފައިވާ އެ އަހަރެއްގެ މާލީ ބަޔާން ރައްޔިތުންނަށް ހާމަކުރަންޖެހުމާއި، ދާއިރާގެ ތިން ބައިކުޅަ ދެބައި ސޮއިކޮށް އިލެކްޝަންސް ކޮމިޝަނަށް ޕެޓިޝަނެއް ހުށައަޅައިފިނަމަ، އެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ދާއިރާގެ ރައްޔިތުންގެ މެދުގައި ނެގޭގޮތަށް އުސޫލެއް ކަނޑައެޅުމެވެ.
މިޕެޓިޝަނަށް އެކަށީގެންވާ އަދަދަކަށް ސޮއި ލިބުމުން، ރައްޔިތުންގެ މަޖިލީހަށް މިޕެޓިޝަން ފޯރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާ މިހާރު ތަމްސީލުކުރަމުންދާ މެންބަރުކަމުގައިވާ، އީވާ އަބްދުالله އަށް ހުށަހެޅުމަށް ގަސްތުކޮށްފައިވާކަމަށް ހަމްޒާ ވަނީ ވިދާޅުވެފައެވެ.
މި ޕެޓިޝަންގެ މަގްސަދަކީ ޤާނޫނުގެ ތެރެއިން، ރައްޔިތުން ހޮވާ މެންބަރުން ރައްޔިތުންނަށް ޖަވާބުދާރީ ކުރުވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުވެގެން ދިއުމެވެ.
މިޕެޓިޝަނުގެ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނުވަތަ ޕެޓިޝަނުގައި ސޮއި ކުރެއްވުމަށް، ހަމްޒާ ޚަލީލަށް ގުޅުއްވުމަށް ހަމްޒާ ވަނީ އެދިވަޑައިގެންފައެވެ. ހަމްޒާއާއި ގުޅޭނެ ނަންބަރަކީ 9856550އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް