ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ އެކެއްގެ ކޮނޑުހުޅު ނެއްޓި ބޮޑެތި އަނިޔާތަކެއް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ސިނަމާލެ ބްރިޖާ ގުޅިފައި އޮންނަ ހައިވޭގައި މއިަދު ހެނދުނު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގިކަމުގެ މައުލޫމާތު އެފަރާތަށް ލިބުނީ 09:00 ގައި ކަމަށެވެ. އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެއަށް އަރަންދާ 4 ލޭނު ނިމޭހިސާބުގައި ސައިކަލަކާއި ޕިކަޕެއް ޖެހިގެންނެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން 28 އަހަރުގެ ދިވެހި ފިރިހެންމީހާގެ ކޮނޑުހުޅު ނެއްޓި އެކިކަހަލަ އަނިޔާތައް ލިބިފައިވާކަމަށެވެ. އަދި ސައިކަލްގައި އިން އިންޑިއާއަށް ނިސްބަތްވާ 22 އަހަރުގެ އަންހެންމީހާގެ ގައިގެ އެކި ތަންތަން މަށައިގެންގޮސް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓްގައި އަނިޔާވި މީހުން އެމްބިއުލާންސްގައި އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާކަމަށް ފުލުހުން ބުންޏެވެ. ފުލުހުން މިހާރު ވަނީ އެކްސިޑެންޓް ހިނގަން މެދުވެރި ސަބަބު ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް