އަންނަ އަހަރުން ފެށިގެން ދިވެހި އަދަބިއްޔާތަކީ ވަކި މާއްދާއެއް!
އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ސްކޫލްތަކުގައި ދިވެހި އަދަބިއްޔާތު، ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށުމަށް ނިންމައިފިއެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން މައުލޫމާތު ދޭގޮތުގައި އަންނަ އަހަރުން ފެށިގެން ދިވެހި އަދަބިއްޔާތު ވަކިން ކިޔަވައިދޭން ފެށުމަށް ހަަމަޖެހިފައިވަނީ ކީ ސްޓޭޖް ހަތަރެއް އަދި ކީ ސްޓޭޖް ފަހެއްގައެވެ.
ކީ ސްޓޭޖް ހަތަރެއްގައި ހިމެނެނީ ގްރޭޑް 9 އަދި ދިހައެކެވެ. ކީ ސްޓޭޖް ފަހެއްގައި ހިމެނެނީ އޭލެވެލްއެވެ. މި ހުރިހާ ގްރޭޑްތަކެއްގައިވެސް އަދަބިއްޔާތު ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އިޚުތިޔާރީ މާއްދާއެއްގެ ގޮތުގައެވެ.
އެހެންކަމުން މި ގްރޭޑްތަކުގެ ކުދިންނަށް މަޖުބޫރު ހަތަރު މާއްދާގެ އިތުރުން އަދަބިއްޔާތު ވަކިން ކިޔެވުމުގެ ފުރުސަތުވެސް އޮންނާނެއެވެ.
މިހާރުގެ ދިވެހި މަންހަޖު އޮންނަގޮތުން، އަދަބިއްޔާތުގެ ބައިތަކަށް ދެވިފައިވަނީ ވަރަށް ކުޑަ ސަމާލުކަމެކެވެ. އެގޮތުން އަދީބުންގެ އަދަބީ މަސައްކަތްތަކުގެ ނަންތައް ދަސްކުރުމާއި، އެ އަދީބުންގެ މަދު ލިޔުންތައް ކިޔުމުގެ އިތުރުން ޅެމާއި ރައިވަރުތައް މާނަކުރުން ފިޔަވައި އިތުރު ކަމެއް ނޯންނަކަމަކީ ދިވެހި ބަހަށް ލޯބިކުރާ ގިނަ ފަރާތްތަކުން ކުރަމުންދާ ޝަކުވާއެކެވެ.
އަދަބިއްޔާތު ވަކިން ކިޔަވައިދިނުމަށް އެދި ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން މީގެ ކުރިން ވަނީ ޝުއޫރުތައް ފާޅުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް