އެމްޑީޕީގެ ޕްރައިމަރީގައި 86 ހާސް މީހުން ވޯޓްލާނެ
މި އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި 86،000 ފަރާތަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީ ޕްރައިމަރީގައި ވޯޓް ލެވޭ މީހުންގެ ދާއިމީ ލިސްޓް މިއަދު ވަނީ އެޕާޓީގެ ވެބްސައިޓްގައި އާންމުކޮށްފައެވެ.
މީޑިޔާތަަކަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް މަނިކު މިއަދު ވިދާޅުވީ، ދާއިމީ ލިސްޓް އިއުލާންކޮށްފައިވަނީ މާލެސިޓީ ދަފްތަރުގެ މީހުން ނުހިމަނާކަމަށެވެ.
ދަފްތަރު މީހުންނާ ހިމެނުމާއި އެކު ވޯޓުލުމުގެ ހައްގު 86،091 ފަރާތަކަށް ލިބޭނެކަމަށް އެމްޑީީޕީން ބުނެއެވެ.
ދަފްތަރު މީހުން ނުހިމަނާ އާންމު ކުރި ދާއިމީ ލިސްޓްގައި ވާގޮތުގައި ހުކުރު ދުވަހު އޮންނަ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 84،880 މެމްބަރުންނަށް ލިިބިގެންވެއެެވެ.
ހުކުރު ދުވަހު އޮންނަ ޕްރައިމަރީގައި 77 ދާއިރާއެއްގައި ވޯޓުލުން ކުރިއަށްދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް