ޒިޔަތު ގޭބަންދަށް ބަދަލުކުރީ އެމްއެމްޕީއާރްސީގެ ފައިސާ މަޖިލިސް އިންތިޚާބުގައި ބޭނުން ކުރުމަށް: އަލްހާން
މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން ( އެމްއެމްޕީއާރްސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު ގޭ ބަންދަށް ބަދަލުކުރީ ދައުލަތުން ވަގަށް ނެގި ފައިސާ މަޖިލިސް އިންތިޚާބްގައި ޚަރަދުކުރުމަށް ކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ޖުމުހޫރީ ޕާޓީގެ ޓީކެޓްގައި އަންނަ މަޖިލީހުގެ އިންތިޚާބްގައި ވާދަކުރުމަށް ނިންމާފައިވާ އަލްހާން ފަހުމީ އެހެން ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ޚީޔާނާތުގައި ބައިވެރިވި ކަމުގެ ކުށްސާބިތުވެފައިވާ އަބްދުﷲ ޒިއަތު ގޭ ބަންދަށް ބަދަލުކުރުމާއި ގުޅިގެންނެވެ.
އެކަމާއި ގުޅިގެން އަލްހާން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދައުލަތުން 960 މިލިއަން ރުފިޔާ ވަގަށް ނެގި ކަމަށް ދައުލަތުން ދައުވާ ކުރާ ޒިޔަތު ޝަރުއީ ހުކުމާއި ޚިލާފަށް ގޭބަންނަށް ބަދަލުކުރުމުގެ އަޑީގައި އޮތީ އެ ފައިސާ މަޖިލިސް އިންތިޚާބުގައި ޚަރަދު ކުރުމަށް ކަމަށެވެ.

އެޓްވީޓްގައި އޭނާ ވަނީ މައުމޫނާއި، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ޓެގްކުރައްވާ ލަދު ކޮބައިތޯ ސުވާލުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް