މަޖީދިއްޔާ ސްކޫލް ކުރިމަތީގައި ޕާކިންގް ޒޯނެއް ހަަދަނީ
މަޖީދިއްޔާ ސްކޫލް ކުރިމަތީގައި އޮންނަ ހުސްޖާގައިގައި ޕާކިންގް ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
ސިޓީ ކައުންސިލުން މިޕާކިންގް ޒޯން ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ އިށީނދެވޭނެ ޖާގަތަކާއި ފެހިކަންވެސް ހިމެނޭނެގޮތަށެވެ.
އެމަސައްކަތް ކުރުމަށްޓަކައި މިހާރު ވަނީ އެބިން ސާފުކުރުމަށްފަހު، ބިންގަނޑު އެއްވަރުކޮށް ގާ އެތުރުމަށް ތައްޔާރުވަމުންނެވެ. މި ޕާކިންގް ޒޯން ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ސައިކަލްތަކަށް ޚާއްސަކޮށެވެ.
މި ޕާކިންގް ޒޯން ތަރައްގީކުރާ ބިމަކީ މީގެ ކުރިން ދިވެހިބަހާއި ތާރީޚަށް ހިދުމަތްކުރާ ގައުމީ މަރުކަޒު އޮތް ބިމެވެ. މި ބިމުގައި މަޖީދިއްޔާ ސްކޫލްގެ އިމާރާތެއް އެޅުމަށް މީގެކުރިން ޕްލޭންކުރެވުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް