ރާއްޖޭން އައިއޯއައިޖީގެ ބިޑް ރަަސްމީކޮށް ހުށައަޅައިފި
2023ވަަނަ އަހަރުގެ އިންޑިޔަން އޯޝަން އައިލޭންޑް ގޭމްސް ރާއްޖޭގައި ބޭއްވުމުގެ ބިޑް ރަސްމީކޮށް ހުށައަޅައިފިއެވެ.
މި ބިޑް ރަަސްމީކޮށް ހުށައަޅުއްވައިދެއްވީ މިއަދު ހެނދުނު މޮރިޝަސްގެ އިންޓަރކޮންޓިނެންޓަލް ހޮޓެލްގައި އޮތް ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަހުމަދު މަޚުލޫފެވެ.
މި ބިޑް ހުށައަޅުއްވައިދެއްވަމުން މަޚުލޫފް ވިދާޅުވީ މިއީ ރާއްޖޭގައި އެ މުބާރާތް ބޭއްވުމުގެ ފުރުސަތު ދޭންވީ ފަހަރު ކަމަށާއި ފާއިތުވި 40 އަހަރު އެ މުބާރާތުގައި ބައިވެރިވުމަށް ކަނޑު ހުރަސްކޮށް ދިވެހިން ދަތުރުކޮށްފައިވާނެ ކަމަށެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވީ މިއީ ދިވެހިންނަށް ވަރަށް ޚާއްސަ މުބާރާތެއް ކަމަށެވެ. އެގޮތުން އައިއޯއައިޖީއަކީ ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ބައިވެރިވި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްކަމަށް މަޚުލޫފް ވަނީ ފާހަގަކުރައްވާފައެވެ.
މިއަދު ހެނދުނު ރާާއްޖޭގެ އިތުރުން މަޑަގަސްކަރ އަދި ކޮމޮރޮސް އިންވެސް ވަނީ ރަސްމީކޮށް ބިޑް ހުށަހަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް