އަބްދުރަހީމްގެ ކޮންގްރެސް ޕާޓީ ރަޖިސްޓަރކޮށްދީފި
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރ އަބްދުއްރަހީމް އަބްދުﷲ އިސްވެ ހުންނަވާ އުފެއްދެވި ޕީޕަލްސް ނޭޝަނަލް އެލަޔަންސް (ޕީއެންސީ) ރަޖިސްޓަރކޮށްދީފިއެވެ.
މިޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީކޮށްދީފައިވަނީ މިރޭ އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި އެޕާޓީ ރަޖިސްޓަރކުރިކަމުގެ ލިޔުން އީސީގެ ފަރާތުން މިރޭ ހަވާލުކޮށްދެއްވީ އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފެވެ. ޕީއެންސީގެ ފަރާތުން ލިޔުމާއި ހަވާލުވެ ވަޑައިގެންނެވީ އެޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމެވެ.
ޕީއެންސީ ރަޖިސްޓަރކޮށްދީފައިވަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދާއި އެއްގޮތަށް، 3000މެންބަރުން ހަމަވާ ޖަލްސާއެއް ބޭއްވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް