އަމިއްލަގޮތުން ކާށިދޫ ދާއިރާއަށް ކުރިމަތިލާން ޖާބިރު މަސައްކަތްކުރަނީ
ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ، އަބްދުﷲ ޖާބިރު ކާށިދޫ ދާއިރާާގެ ގޮނޑިއަށް އަމިއްލަގޮތުން ވާދަކުރައްވަން ނިންމަވައިފިއެވެ.
މިކަމާއި ގުޅިގެން ޖާބިރުވަނީ މިކަމުގެ ގާނޫނީ ހުރަސްތައް ނައްތާލުމަށްޓަކައި، ޕްރައިމަރީތަކުން ބަލިވާ ފަރާތްތަކަށް އިންތިޚާބުގައި ވާދަނުކުރެވޭ ގަވާއިދު އުވާލުމަށް ސުޕްރީމް ކޯޓަށް ހުށައަޅާފައެވެ.
ޖާބިރުވަނީ އެ ގަވާއިދު ގާނޫނުއަސާސީއާއި ޚިލާފުކަމަށް ކަނޑައަޅައިިފިނަމަ، މަޖިލީހަށް އަމިއްލަގޮތުން ވާދަކުރައްވާނެކަމަށް ވިދާޅުވެފައެވެ.
އަދި ކާށިދޫ ދާއިރާގެ ރައްޔިތުން މާޔޫސްވިޔަ ނުދޭނެކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.
އަބްދުﷲ ޖާބިރު ވަނީ އެމްޑީޕީގެ ކާށިދޫ ދާއިރާގެ ޕްރައިމަރީގައި ބަލިވެ ވަޑައިގަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް