ޕައިސިސްގެ ޚިދުމަތް ކަނޑުމަގުން އަންނަ ފަރާތްތަކަށްވެސް ދެނީ
އެމެރިކާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އިމިގްރޭޝަނަށް ހަދިޔާކޮށްފައިވާ ޕައިސިސް ބޯޑަރ ކޮންޓްރޯލް ސިސްޓަމް ބޭނުންކޮށްގެން ކަނޑުމަގުން އަންނަ ފަރާތްތަކަށް ކްލިއަރެންސް ދިނުމުގެ ޚިދުމަތް ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ކުރި ޓްވީޓެއްގައި ބުނީ ސީޕޯޓް ކްލިއަރެންސްގައި މޯބައިލް ބޯޑާރ ކޮންޓްރޯލް ޑިވައިސެއް ބޭނުންކުރަން ފެށުމަކީ މޯލްޑިވްސް އިމިގްރޭޝަނަށް ތާރީޚީ ދުވަހެއް ކަމަށެވެ.
އަދި މީގެ ސަބަބުން ދިވެހިރާއްޖޭގެ ބޯޑަރތައް ހަރުދަނާކުރުމަށް އިތުރު ގާބިލްކަމެއް ލިބިގެންދާނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މިހާތަނަށް ކަނޑުމަގުން އަންނަ ފަރާތްތަަކަށް ކްލިއަރެންސް ދެމުން ގެންދިޔައީ އެފަރާތްތަކުގެ މައުލޫމާތު މެނުއަލްކޮށް އެންޓަރކޮށްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް