އިތުރު ފާހަގައެއް ޖަހައިފިނަމަ ވޯޓު ބާތިލްވާ ބިލް ބަަލައިގެންފި
ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ޖަހައިފި ނަމަ ވޯޓު ބާތިލުވާ ބިލް މަޖިލީހަށް ބަލައިގެންފިއެވެ.
މި ބިލް މަޖިލީހަށް ބަލައިގެންފައިވަނީ މިއަދުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ ތެރެއިން 61 މެންބަރުންގެ ވޯޓުންނެވެ. އަދި ހަ މެންބަރުން ވަކިކޮޅަކަށް ނުޖެހެން ވޯޓު ދެއްވި އިރު އެއް މެންބަރަކު އެ ބިލާ ދެކޮޅަށް ވޯޓު ދެއްވި އެވެ.
މި ބިލް ހުށައަޅުއްވާފައިވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ.
މި ބިލްގައިވާ ގޮތުގައި ވޯޓު ބާތިލުވާ ކަންކަމުގެ ތެރޭގައި ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެނޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން އިތުރު އެހެން ފާހަގައެއް ނުވަތަ ލިޔުމެއް ނުވަތަ ކުރެހުމެއް ކުރަހާފައިވުން ހިމެނުމަށް ވަނީ އެދިފައެވެ.
މި ބިލް އިތުރަށް ދިރާސާ ކުރުމަށް ވަނީ ފަސް މެންބަރުންގެ ވަގުތީ ކޮމެޓީއަކަށް ހުށައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް