އިސްލާމިކް ޔުނިވާސިޓީގެ އާ އިމާރާތަށް ހުޅުމާލެއިން ބިމެއް ކަނޑައަޅައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އަށް އާ އިމާރާތެއް އެޅުމަށް ހުޅުމާލެއިން ބިމެއް ކަނޑައަޅައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، އައިޔޫއެމް ހިންގުމަށް އެކަށީގެންވާ އާ އިމާރާތެއް އެޅުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒެއްކަމަށެވެ.
އެހެންކަމުން، އެކަމަށްޓަކައި 35,000 އަކަފޫޓުގެ ބިމެއް ހުޅުމާލެއިން ހަމަޖައްސާފައިވާކަމަށެވެ.
މީގެ އިތުރުން، ރާއްޖެއިން ބޭރުގެ ދަރިވަރުން ވެސް ތަޢުލީމު ޙާޞިލްކުރުމަށް އައިޔޫއެމަށް ގެނައުމަކީ ޔުނިވާސިޓީގެ އަމާޒެއްކަމަށްވެސް މިނިސްޓަރ ޝަހީމް ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ އިތުރު ތަފްސީލާއި، އާ އިމާރާތުގެ މަސައްކަތް ފެށޭނެ ތާރީޚެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް