އިންފްލުއެންޒާ ވައިރަސް ފެތުރިދާނެތީ ވެކްސިން ޖަހަން އިލްތިމާސްކޮށްފި
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންފްލުއެންޒާ ވައިރަސް ފެތުރުމުގެ ބިރު އޮތް ކަމަށް ލަފާކުރެވޭތީ ރައްޔިތުން އިންފްލުއެންޒާ ވެކްސިން ޖެހުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އެހެން އަހަރުތަކާއި އެއްގޮތަށް މިއަހަރުގެ ވެސް މި ދުވަސްކޮޅުއިންފްލުއެންޒާ ރޯނގާ ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އެޗްޕީއޭގެ ފަރާތުން އިންފްލުއެންޒާ ވެކްސިން ޖެހުމަށް އިލްތިމާސްކުރި ނަމަވެސް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެކްސިން ލިބެން ނެތްކަން ފާހަގަކޮށްލެވެއެވެ. ވެރިރަށް މާލެއިން ވެސް އިންފްލުއެންޒާ ވެކްސިން ލިބެން ހުރީ އެންމެ 2 ފާމަސީ އަކުންނެވެ.
އިންފްލުއެންޒާއަކީ، އިންފްލުއެންޒާ ވައިރަސްއަކުން ނޭވާލާ ނިޒާމަށް ޖެހޭ އަރިދަފުސް ރޯގާ ފަދަ ބައްޔެކެވެ.
އިންފްލުއެންޒާ އަކީ މޫސުމަށް އަަންނަ ބަދަލުތަކާއެކު ފެތުރޭ އާދައިގެ ރޯގާއާ ހިލާފަށް، އޭގެ ނުރައްކަލާއި ވޭން ބޮޑު ރޯގާ އެކެވެ. އަދި މިކަމުގެ ސަބަބުން މީހުންގެ ހާލަތު ސީރިއަސް ފުރާނައަށް ނުރައްކާވާ ހިސާބަށް ދެއެވެ.
އާންމުކޮށް އިންފްލުއެންޒާ ޖެހެނީ މާބަނޑު މީހުން، ފަސް އަހަރުން ދަށުގެ ކުޑަކުދިން، ފުއްޕާމޭގެ މައްސަލަ ހުންނަ މީހުން، ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހުން އަދި އުމުރުން ދުވަސްވީ މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް