ވައްކަމާއި ރިޝްވަތުގެ ނުބައިކަމުގެ މައުލޫމާތު ޝެއިހް އިލްޔާސް ފެނަކަ މުވަޒަފުންނަށް ދެއްވައިފި
ވައްކަމާއި ރިޝްވަތުގެ ނުބައިކަމާއި ވަޒީފާގެ މަސްއޫލިއްޔަތާއި މެދު ސަމާލުވުމާއި ގުޅޭގޮތުން ޝެއިހް އިލްޔާސް ހުސައިން ފެނަކަ ކޯޕަރޭޝަންގެ މުވަޒަފުންނަށް މައުލޫމާތު ދެއްވައިފިއެވެ.
އެކަން ހާމަކޮށްފައިވަނީ މިއަދު އެ ކުންފުނިން ފޭސްބުކްގައި ހާމަކޮށްފައިވާ ޕޯސްޓެއްގައިއެވެ.
ފެނަކައަކީ ބޮޑެތި ކޮރަޕްޝަން ހިންގާފައިވާ ތަނެއްކަމަށް މީގެ ކުރިން އެތަކެއް ފަރާތްތަކުން ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި ބައެއް މައްސަލަތައް މިހާރު ބެލެވެމުންދާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
ރައީސް ޞާލިހްގެ ސަރުކާރުގެ އިންތިހާބީ އެންމެ ބޮޑު އެއްވައުދަކީ ކޮރަޕްޝަން އަށަގެންފައިވާ މިންވަރު ކުޑަކޮށް، ނައްތާލުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް