ރައްޔިތުންގެ މަޖިލިސް މިފަހަރު މާހެފީ ރައީސް ސޯލިހާއި އެކު!
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ މާހެފުމުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.
މި މާހެފުން އޮތީ މިއަދު ހެނދުނު، މަޖިލީހުގެ ސައިގަޑީގައެވެ.
މި މާހެފުމުގައި އެމަނިކުފާނުގެ އިތުރުން، ކެބިނެޓުގައި ތިއްެބެވި ކުރީގެ ބައެއް މެންބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެގޮތުން މި މާހެފުމުގައި ޔޫތު މިނިސްޓަރު އަދި މި ދައުރުގައި ގަލޮޅު ދެކުނު ދާއިރާ މެންބަރުކަން ކުރެއްވި އަހުމަދު މަހްލޫފާއި، ފޮރިން މިނިސްޓަރު އަދި މި ދައުރުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރުކަން ކުރެއްވި އަބްދުﷲ ޝާހިދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ފާހަގަކުރެވޭ ގޮތުގައި މި މާހެފުން އޮތީ މިހިނގާ މަޖިލީހުގެ އެންމެ ފަހުގެ ޖަލްސާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް