ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފިއެވެ.
ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތައް:
- ހެލްތު މިނިސްޓަރ ޑރ. އަބްދުالله ހަލީލް، ފޮރިން މިނިސްޓަރު ކަމަށް
- ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ފިނޭންސް މިނިސްޓަރު ކަމަށް
- ރައީސް އޮފީހުގެ މިނިސްޓަރު އަބްދުالله ނާޒިމް، ހެލްތު މިނިސްޓަރު ކަމަށް
ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ. ހުވައި ކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.

ޒަމީރު ފިނޭންސް މިނިސްޓަރުކަމުގެ މަޤާމަށް ބަދަލު ކުރެއްވި ނަމަވެސް، އރ މަގާމުގައި މިވަގުތު ހުންނެވި ޑރ. މުހައްމަދު ޝަފީޤް އައްޔަންކުރެއްވުމަށް ނިންމަވާފައިވަނީ ކޮން އިދާރާއަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.
ނަމަވެސް ޝަފީޤް މިއަދު ވަނީ އެމަޤާމުން އިސްތިއުފާ ދެއްވާފައެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެމަނިކުފާނުގެ ކެބިނެޓަށް ބަދަލު ގެންނަވާ ފުރަތަމަ ފަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް