އޭޑީކޭއިން ގެއްލުނު މީހަކު ފެނުނީ ކަނޑުމަތިން!
އޭޑީކޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ގޮސް ހުއްޓައި ގެއްލިގެން ހޯދަމުންދިޔަ މީހަކު ކަނޑުމަތިން ފެނިއްޖެއެވެ.
57 އަހަރުގެ މި މީހާ ގެއްލިގެން ހޯދަން ފެށީ މިއަދު ހަވީރު 17:54 ހާއިރުން ފެށިގެންނެވެ. ބައެއް މީޑިޔާތަކުން ރިޕޯޓްކުރިގޮތުގައި އޭނާ އޭޑިކޭގައި ޑޮކްޓަރަށް ދައްކަން ގޮސް އިންދައި، ފާހަނާއަކަށް ދިއުމަށް ދިޔަ ގޮތަށް އަނބުރާ ނައުމުން އާއިލާއިން ހޯދަން ފެށިއެވެ.
އޭނާ ގެއްލުނު މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިރޭ 20:34ގައެވެ.
ފުލުހުން ބުނީ މާލެ ކައިރިން ކަނޑުމަތިން އެމްޓީސީސީ ފެރީއަކަށް މިރޭ 21:30 އެހާކަންހާއިރު އެމީހާ ފެނިގެން ނަގައިގެން ފުލުހުންގެ އިދާރާއަށް ގެެނެސްފައިވާ ކަމަށެވެ. އޭނާ ފެނުނު އިރު އޭނާގެ ހާލު ރަނގަޅެވެ.
މިވަގުތު އެމީހާގެ އާއިލާގެ މީހުންނާއި އެކު ފުލުހުންގެ އިދާރާގައި އެމީހާ ހުރިއިރު، މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް